ލަންކާގެ ރިޔާސީ އިންތިހާބުގައި ނަމާލް ވާދަކުރައްވަނީ

2 months ago

އަފްރާހް

އަވަށްޓެރި ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނަމާލް ރާޖަޕަކްސާ ވާދަ ކުރައްވަން ނިންމަވައިފިކަމުގައި އެގައުމުގެ ނޫސްތަކުގައި ބުނެފިއެވެ.


އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ނަމާލް ވާދަކުރައްވަނީ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ޓިކެޓުގައެވެ. އަދި އެކަން ރަސްމީކޮށް މާދަމާ އިއުލާން ކުރައްވާނެ ކަމަށެވެ.


މިއަހަރުގެ ސެޕްޓެމްބަރ މަހު 21 ގައި ބާއްވާ ލަންކާގެ ނަމާލް ވާދަކުރައްވާނަމަ، އޭނާވެގެންދާނީ އެގައުމުގެ ރިޔާސީ އިންތިހާބެއްގައި ކުރިމަތިލާ އެންމެ ހަގު ކެންޑިޑޭޓަށެވެ. އަދި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިފުޅު ވާނީ އެންމެ ހަގު ރައީސްއަށް ވެސް މެއެވެ.


ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ކެނޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އޮގަސްޓު 15 ވަނަ ދުވަހާއި ހަމައަށް ހުޅުވައިލާފައިވާއިރު، އެންމެ ފުރަތަމަ ވެސް ކެނޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ރައީސް ރަނިލް ވިކްރަމަސިންހައެވެ. 75 އަހަރުގެ ވިކްރަމަސިންހަ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2022 ޖުލައިގައި, އެ މަޤާމު ފުރުއްވަމުން ގެންދެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.


އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިޢުލާނު ކޮށްފައި މިވަނީ, މާލީ ހާލަތު ގޯސްވެ, އެ ގައުމަށް އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ އެންމެބޮޑުޒިންމާއަކަށް ވާނީ އިގްތިސާދު ނަގައި، ކޮޅަށް ޖެހުމެވެ.



ކިޔުންތެރިންގެ ހިޔާލު