ތިނަދޫ ސިޓީގައި ބިދޭސީން އުޅޭ ގެއެއްގައި އަލިފާން ރޯވެ، މީހަކަށް އަނިޔާވެއްޖެ

2 months ago

އަފްރާހް

ތިނަދޫ ސިޓީގައި ބިދޭސީން އުޅޭ ގެއެއްގައި އަލިފާން ރޯވެ، މީހަކަށް އަނިޔާވެއްޖެއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ ތިނަދޫ ސިޓީ މިއުޒިއަމް ޕާކު ކައިރީ ހުރި ގެއެއްގައި ކަމަށެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން އެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.


މި ހާދިސާގެ ރިޕޯޓު ލިބުނީ އޮގަސްޓް 6 ވަނަ ދުވަހުގެ 2:39 ހާއިރު ކަމަށާއި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.


މިގޮތުން، އެ ގޭގައި ރޯވި އަލިފާން ނިއްވާލެވުނީ މެންދުރުފަހު 3 ޖަހާކަންހާއިރު ކަމަށް ވެސް ވިދާޅުވިއެވެ.


މިއީ ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ކަމަށާއި މި އަލިފާނުގެ ހާދިސާގައި އެކަކުގެ ފަޔަށް ވަނީ އަނިޔާވެފައެިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު