ކެންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމިއްޖެ

2 months ago

އަފްރާހް

ބ. ކެންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމިއްޖެ ކަމުގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮގަސްޓް 6 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަޒީރާއި ސުވާލުކުރެއްވުމަށް ލިބުނު ފުރުސަތުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.


މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މި މަހުގެތެރޭގައި ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް އެތަން އަދި ސަރުކާރާ ހަވާލުނުކުރާކަމަށް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެތަނާއި ހަވާލުވެ، ރައްޔިތުންނަށް އެތަނުން ހިިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ކުރީ ސަރުކާރުން އިމާރާތްކޮށްފައިހުރީ އޮފީސް އިމާރާތްތަކެއް ކަމަށާއި އެ ޑިޒައިނަށް ވެސް މި ސަރުކާރުން ބަދަލު ގެނެސްފައިވާ ކަަމަށް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު ރަށްރަށުގައި ދެން ގާއިމުކުރާނީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އިމާރާތައް ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު