ޑރ. ޝަހީމްގެ ނަމުގައި ދައުރުވަނީ އޭއައި އިން އުފެއްދި ދޮގު ވީޑިއޯއެއް

2 months ago

އަފްރާހް

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ބުނެ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ 'އެކްސް' މެދުވެރިކޮށް ފެތުރުނު ވީޑިއޯއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ދޮގު ވީޑިއޯއެއްކަން ހާމަވެއްޖެއެވެ.


މި ވީޑިއޯއަކީ އަސްލެއް ނެތް، ކާކުކަން ނޭނގޭ ފަރާތަކުން އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއެއްކަން އެނގިފައިވެއެވެ. މި ހާދިސާ އިން ދަސްވި މުހިންމު ފިލާވަޅުތަކުގެ ތެރޭގައި، މީހެއްގެ އަބުރަކީ މާތް ރަސްކަލާނގެ ހުރުމަތްތެރި ކުރައްވާފައިވާ އެއްޗެއްކަމެވެ. އަދި ފެންނަ ކޮންމެ އެއްޗެއް ގަބޫލުކޮށްގެން ނުވާނެކަމެވެ.


މީގެއިތުރުން މިޒަމާނުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހެއްގެ އަބުރު ނަގާލުމަކީ ފަސޭހަކަމަކަށްވެފައިވާތީ، މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އެއީ ތެދެއްކަމުގައި ގަބޫލުކޮށްގެން ނުވާނެކަން ވެސް މި ހާދިސާއިން ރަމްޒުކޮށްދެއެވެ.


ހަމަމިއާއެކު ޑރ. ޝަހީމްގެ މައްޗަށް މީގެ ކުރިން ކުރެވިފައިވާ ތުހުމަތުތަކަކީ ވެސް ދޮގު ތުހުމަތުތަކެއްކަމާއި، އެމަނިކުފާނަކީ އެފަދަ ޢަމަލުތަކާ ދުރުހެލިވެގެންވާ ބޭފުޅެއްކަން ވެސް ހާމަވާކަން މި ހާދިސާ އިން ވަނީ އެނގިފައެވެ. އަދި މި ހާދިސާއަކީ މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދިޔަ މުހިންމު ހޭލުންތެރިކަމެއްގެ ގޮތުގައި ވެސް ފާހަގަވެއެވެ.


ކިޔުންތެރިންގެ ހިޔާލު