މިނިސްޓަރ ޑރ. މާރިޔާ ތުރުކީ އަށް ވަޑައިގެންފި

2 months ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ތުރުކީގެ އަންކާރާއަށް ވަޑައިގެންފިއެވެ.


މިއީ ތުރުކީ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


މި މަހުގެ 6 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ އާއި ޕާމަނަންޓް ސެކެޓްރީ އައިމިނަތު ހިކްމާ ބައިވެރިވެވަޑައިގަންނަވައެވެ.


މި ދަތުރުފުޅުގައި އެގައުމުގެ މަގްބޫލު ޔުނިވަރސިޓީތަކާއި އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވަރސިޓީގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތުރުކީ ސަރުކާރުގެ ބައެއް އިސްބޭފުޅުންނާ ވެސް ބައްދަކުރައްވާނެއެވެ.


މީގެ އިތުރުން އެގައުމުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީގެ ދަށުން މަސައްކަތްކުރާ ކޭއޯއެސްޖީއީބީ، މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓުއަރިޒަމް، އައުންސިލް އޮފް ހަޔަރ އެޑިއުކޭޝަން، އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްބޭފުޅުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ރާއްޖެގެ މަތީތައުލީމް އެހެން ހަރުފަތަކަށް ގެންދެވުމަށާއި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް ބޭރުގެ ގިނަ ޔުނިވަރސިޓީތަކާއިއެކު މަޝްވަރާކުރައްވަމުންނެވެ. އަދި މި ފަދަ މަޝްވަރާތަކަށްފަހު އެކި ގައުމުތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތުތައް ވެސް އަންނަނީ ތަނަވަސްކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު