ޑރ. މުޢިއްޒުގެ ވެރިކަން ދިފާއު ކުރުމުގައި ސާބިތުވެ ހުންނާނަން: އަބްދުއްރަހީމް

2 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒަމާއަތުގެ ތަރައްގީ ދެގުނަ ކޮށްދެއްވާނެކަމުގައު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.


އޮގަސްޓް 6 ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ގެންދަވަނި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ކަމަށެވެ.


މީގެއިތުރުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްގީއަށްވުރެ ޑަބަލް ތަރައްގީ ރައީސް ޑރ. މުއިއްޒުގެ މި ވެރިކަމުގެ ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެތަފާތު ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.


"ރައްޔިތުން ރައީސް ދެވަނަ ދައުރަކަށް ވެސް އިންތިޚާބު ކުރައްވާ މަންޒަރު އިރާދުކުރެއްވިއްޔާ ފެނިގެންދާނެ" އަބްދުއްރަހީމް ވިދާޅުވިއެވެ.


ލީޑަރަކު، ލީޑަރަކަށް ވަނީ ފަހަތުގައި އިހްލާސްތެރި ބަޔަކު ތިބިމުންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ދިފާއު ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ނަތަންޔާހު

ތީ ފޮނަދޫ އަބޮދުެްރަހީމް ކަމަށްވަނީ ނަމަ އަދި ޑރ. މުހައްމަދު މުއިއްޒު ބޮލަށްވެސަ ތިއަބްދުއްރަހީމް ގުއިރޭތަން ދުނިޔޭގަ ތިބި ބަޔަކައްފެންނާނެ އެދުވަހަކުން އަބުދުއްރަހީމު ތިހުރި މަގާމަށް ގެނައިމީހާ މަތިން ހަދާނެއްވެސް ނުހުނަނާނެ މައުމޫނު، ޔާމީނު މެންނާ ދޭތެރޭގަވެސް ތިގޮތަށް ވާހަކަ ޓީވީ ތަކުން އަހަރުމެން އަޑު އެހީން އެކަމަކު އާޚިރު ނަތީޖާގަ އެއައްވުރެ ނުބައި ނުލަފާ ނެތޭބުނީވެސަ ތިއަގައިން ފެންކިހިނެއް ތިދައްކާވާހަކަ ޤަބޫލު ކުރެވޭނީ

2 months ago