ޅ. އަތޮޅުން ފެށިގެން ހައްދުންމަތީގެ ރަށްތަަކަށް ހުދު ސަމާލު ނެރެފި

2 months ago

އަފްރާހް

ޅ. އަތޮޅުން ފެށިގެން ހައްދުންމަތީގެ ރަށްތަަކަށް ހުދު ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަަށް ވެސް ވިދާޅުވެއެވެ.


މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މޫސުން ލަފާކުރާގޮތަށް ބަލައިލާއިރު، މެދުރާއްޖެތެރެއަށާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރައްވައެެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރުކުރާނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.


ވައި ޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރައްވާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރައްވާފައި ވެއެވެ.


މީގެއިތުރުން މެދުރައްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވިޔަސް ދެކުނުގެ ކަނޑުތައް މަޑުވާނެއެެވެ. އަދި މެދުރައްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ތިން ފޫޓާއި ހަ ފޫޓަށް ރާޅު ހުންނައިރު، ދެކުނުގައި ހުންނާނީ އެއްފޫޓާއި ތިން ފޫޓަށް ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު