ކައުންސިލުތަކުގެ އިންތިހާބު އަހަރަކު ދެފަހަރު ބާއްވަން ފާސްކޮށްފި

2 months ago

އަފްރާހް

ކައުންސިލުތަކުގެ އިންތިހާބު އަހަރަކު ދެފަހަރު ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ނެގި ވޯޓުގައި މި އިސްލާހު ގެނައުމަށް ފެންނަކަމަށް 67 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ހަތް މެންބަރަކު ވަނީ ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ.


މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނެގި ވޯޓުގައި 67 މެންބަރުން، އިސްލާހު ގެނައުމަށް ވޯޓުދެއްވިއިރު، 8 މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.


ގާނޫނުގައި މިހާރުއޮންނަގޮތުން ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.


އެހެންނަމަވެސް މި އިސްލާހާއެކު ކައުންސިލްގެ މެންބަރުންގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި، އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން ބާއްވަން ޖެހޭނީ 183 ދުވަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު