ތުުރުކީން ދިވެހީންނަށް ލިބެންހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

2 months ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ތުރުކީގެ ޓޫރިޒަމް އަދި ކަލްޗަރ މިނިސްޓަރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.


މި ބައްދަލުވުމަކީ އެގައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީގެ ދަޢުވަތަކަށް ބޭއްވި މި ބައްދަލުވުމުގައި ދިވެހިންނަށް އެޤައުމުން ލިބެންހުރި ކިޔެވުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ޚާއްސަކޮށް ސްކޮލަރޝިޕް ފުރުސަތުތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.


މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ތުރުކީއަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ އައިމިނަތު ޝަޝީ އަދި މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އައިމިނަތު ޙިކްމާވެސް ބައިވެރިވެވަޑައިނަވައެވެ.


މިތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަނީ އެކި ގައުމުތަކުގެ ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި ބައްދަލުކުރައްވާ، އެގައުމުތަކުން ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، އެކި ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަށް ހުރި ފުރުސަތުތައް ހޯދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު