ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ހޯމް މިނިސްޓްރީގެ ދަަށަށް

2 months ago

އަފްރާހް

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.


އެމަނިކުފާނު މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. އަދި މި ބަދަލު ގެންނެވީ މި ހިނގާ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެެވެ.


އެމަނިކުފާނު މިކަން ހަމަޖެއްސެވިކަން އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.


މިގޮތަށް ހަމަޖެއްސެވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީއެވެ.


ލޭބަރ ރިލޭޝަންސް އޮތޯރިޓީ މީގެ ކުރިން ހިނގަމުން އައީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު