އޭޑީކޭ ސިނަރޖީގެ ކްރިކެޓް މުބާރާތް މިއަހަރު ވެސް

4 months ago

އަފްރާހް

އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީސްގެ ފަރާތުން ކޮންމެއަހަރަކު ވެސް ބާއްވަމުން އަންނަ ކްރިކެޓް މުބާރާތް މިއަހަރު ވެސް ބާއްވަން ނިންމައިފިއެވެ.


'ޑރ. ޕާންޑިއަން ކަޕް 2024' އޭޑީކޭ ސިނަރޖީ އިންޓަރ ގްރޫޕް ކްރިކެޓް ޓޯނަމެންޓުގެ ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި މުބާރާތް ކުޅޭނީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައެވެ.


މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކަށް މި ހިނގާ އޮގަސްޓު މަހުގެ 15 ވަނަ ދުވަސް ހަމަޖައްސާފައިވާއިރު، ޓީމު ލިސްޓޫ ހުށަހަޅަން ޖެހެނީ އޮގަސްޓް 20 ގެ ކުރީންނެވެ. އަދި ކޮންމެ ޓީމެއްގައި ވެސް 12 ކުޅުންތެރިންނާއި މެނޭޖަރެއް ހިމަނަން ޖެހޭއިރު، ކޮންމެ ޓީމެއްގައި ވެސް އެންމެމަދުވެގެން 8 ކުޅުންތެރިން ހިމަނަންވާނެކަމަށް އޭޑީކޭ ސިނަރޖީން ބުނެއެވެ.


އޭޑީކޭ ގައި އުފައްދާފައި އޮންނަ 'އޭޑީކޭ ސިނަރޖީ" އިން އަންނަނީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީސްގެ މުވައްޒަފުންނަށް ތަފާތުއެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ފުޓްބޯޅަ، ޑިގު، ކެރަމް ފަދަ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ.


މިއީ އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގައި ހިމެނޭ ހުރިހައި ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އަދި އެކި ޑިޕާޓްމެންޓުތަކުގައި ވަޒީފާ އަދާކުރާ އެންމެން އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުގެ ފުރުސަތު ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު