ފޭރު: ރާއްޖެއިން ނެތި ދިއުމުގެ ބީރު ހީވެފައިވާ އެކަމަކު ބޭނުންތެރި މޭވާއެއް!

2 months ago

އަފްރާހް

ރާއްޖޭގައި އާންމުކޮށް ހެދޭ މޭވާގެ ބާވަތްތަކުގެ ތެރޭގައި ފޭރު ހިމެނޭނެއެވެ. ހާއްސަކޮށް އަތޮޅުގެ ރަަށްތަކުގައި ފޭރުގަހެއް ނެތް ގެއެއް ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.


އެހެންނަމަވެސް އެ ޒަމާން ފަސްދީ ގޮސް، ރާއްޖެއިން ލިބެންހުންނަ ރާއްޖޭގެ ފޭރު އަންނަނީ މަދުވަމުންނެވެ. މީގެކުރީން ރާއްޖެއިން ލިބެންހުރި، ގިނަ ބާވަތްތައް ނެތިދާ ފަދައިން ފޭރު ގަސް ވެސް ދަނީ ނެތެމުން ފަނާވަމުންނެވެ.


އެކަމަކު މިއީ މިގޮތަށް މާޒީ އަށް ދޫކޮށްލައިގެން ނެތި ފަނާވުމަށް ހިތްހަމަ ޖައްސާލައިގެން ތިބެވޭ ވަރަށްވުރެ، މާބޭނުންތެރި ގަހެއް، މޭވާއެއް އަދި ފަތެއް ވެސް މެއެވެ. އެގޮތުން ފޭރާއި ފޭރު ފަތަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް އެތައް ގޮތަކުން ބޭނުންތެރި ދެ ބާވަތެވެ.


ފޭރަކީ ވިޓަމިން ސީ އަދި ވިޓަމިން އޭގެ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއަަކަށްވާއިރު، ވިޓަމިން ސީއަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. ހަށިގަނޑުގައި ހުންނަ ޓިޝޫ އައު ކުރުމުގައި ވިޓަމިން ސީގެ ރޯލު ވަރަށް ބޮޮޑެވެ. އަދި ފޭރުގައި ވިޓަމިން ސީގެ އަދަދު އޮރެންޖުގައި ހިމެނޭ އަދަދަށް ވުރެ ހަތަރުގުނަ އިތުރެވެ.


މީގެއިތުރުން ވިޓަމިން އީގެ އަދަދު ލުނބޮލެއްގައި ހިމެނޭ އަދަދަށް ވުރެ ދިހަ ގުނަ އިތުރުވާއިރު، އެންމެ ފޭރެއްގައި ގާތްގަނޑަކަށް 126 މިލިގުރާމުގެ ވިޓަމިން ސީ ހުރެއެވެ. ސައިންސް ވެރިން ބުނާގޮތުގައި ދުވާލަކު 400 ގުރާމުގެ ފޭރު ކާނަމަ، ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުން މަދުކޮށްދެއެވެ.


ފޭރުގައި ހިމެނޭ އިތުރު ވިޓަމިންސް އަދި މިނަރަލްސްގެ ތެރޭގައި މެގްނީސިއަމް، ކެލްސިއަމް، ވިޓަމިން ބީ ސިކްސް ވިޓަމިން އޭ އަދި ފޮސްފޮރަސް ހިމެނެއެވެ.


ހަޖަމްކުރުމުގެ ނިޒާމް


ބޭރަށްހިންގާ ނަމަ މި ކަމަށް އޮތް ހައްލަކީ ފޭޭރުފަތޭ ބުނުމުން ވެސް ދޮގަކަށް ނުވާނެއެވެ. ފޭރުފަތް ބޭނުންކުރުމުން، އެންމެ އާންމުކޮށް ބޭރަށް ހިންގުމުގެ ސަަބަބެއް ކަމުގައިވާ ބެކްޓީރިއާ ސްޓެފިލަކޯކަސް އެރޭއަސް ފެެތުރުން ހުއްޓުވައި ދިފާއީ ނިޒާމް ސާފުކޮށްދެއެވެ.


ހަކުރުބަލި


ޖަޕާނުގެ ހޯދުމަކުން ދައްކާގޮތުގައި ފޭރުފަތް ސަޔަށް އަޅައިގެން ބުއިމަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ހަމަހަމަކޮށްދޭކަމެކެވެ. އަދި ޖަޕާނުގައި ޑައިބެޓިކްސްގެ އެންމެ ބޮޑުފަރުވާއެއްގެ ގޮތުގައި ބޭނުންކުރަނީ ފޭރުފަތެވެ.


ކެންސަރާ ދުރުކޮށްދޭ


ފޭރުފަތުގައި ގިނަ އަދަދަކަށް ހުންނަ އެންޓިއޮކްސިޑެންޓް ލައިކޮޕީންގެ މާއްދާގެ ސަބަބުން ކެންސަރުޖެހުމުގެ މަގު ކުޑަކޮށްދެއެވެ. ސައިންސްގެ ހޯދުންތަކުން ބުނާގޮތުގައި ލައިކޮޕީންއަކީ ކެންސަރުގެ ނުރައްކަލުން ސަލާތްމަތްކުރުމުގައި އެންމެބޮޑު ރޯލެއް އަދާކުރާ އެއް ހަތިޔާރެވެ.


ހަންގަނޑު ރީތިކޮށްދޭ


ފޭރުފަތުގައި އެންޓިއޮކްސިޑެންޓް ހުރުމުގެ ސަބަބުން ފޭރުފަތް ހޫނުފެނަށް ލުމަށް ފަހު ހަންގަޑުގައި ހޭކުމުން ހަންގަނޑު އޮމާންވެ ހަންގަނޑުގެ ކުލަ ރީތިވެގެންދެއެވެ. ބައެއްވައްތަރުގެ ލޯޝަން އުފެއްދުމުގައި ވެސް ފޭރުފަތް ބޭނުންކުރެއެވެ.


ހިތުގެ ލޭހޮޅިތަކަށް ފަރުވާއެއް


ހިކި ފޭރުފަތް ހޫނުފެނަށް އަޅައި ސައި ތައްޔާރު ކުރެވިދާނެއެވެ. މި ސައިގައި ކޮލެސްޓްރޯލްއިން ސަލާމަތްކޮށްދޭ މާއްދާ ހިމެނުމުގެ ސަބަބުން ހިތުގެ ލޭހޮޅިތައް ބެދުމުން ރައްކާތެރިކޮށްދީ ހަށިގަނޑުގައި ލޭ ދައުރު ކުރުމުގެ ނިޒާމް ވަރުގަދަކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު

މަންދު

އެ ވިދާޅުވީ ރަނގަޅު ވާހަކައެއް ހުރިހާ އެންމެން ވެސް މިކަމަށް ސަމާލުކަން ދިނުމަށް ދަންނަ ވަން

2 months ago