4 months ago
ފްރާންސްގައި މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގައި ޕާކިސްތާނުން މިއަހަރުގެ ފުރަތަމަ ރަންމެޑަލް ހޯދައިފިއެވެ.
ޕާކިސްތާނުން ރަންމެޑަލް ހޯދި ޖެވެލިން އުކުމުންނެވެ.
އެގައުމުގެ އަރްޝަދު ނަދީމް ރަންމެޑަލް ހޯދީ ޖެވެލިން އުކުމުން، އެންމެފަހުގެ ޗެމްޕިއަން އިންޑިއާގެ ނީރާޖު ޗޯޕްރާ ބަލިކުރުމަށްފަހުއެވެ. އަރްޝަދު ވަނީ 92.97 މީޓަރަށް އެއްލާފައެވެ. އަދި ނީރާޖު 89.45 މީޓަރަށް އެއްލައި ސިލްވަރ ހޯދިއިރު، ގްރެންޑާގެ އެންޑަސަން ޕީޓަރސް އަށް ބްރޯންޒް ލިބުނީ 88.54 މީޓަރަށް އެއްލައިގެންނެވެ.
މިއީ 1992 ވަނަ އަހަރަށް ފަހު، އޮލިމްޕިކްސްގައި ޕާކިސްތާނަށް ލިބުނު ފުރަތަމަ މެޑަލްއެވެ. އެ އަހަރު ވަނީ ސްޕެއިންގައި ބޭއްވި މުބާރާތުން ޕާކިސްތާނުގެ ފިރިހެން ހޮކީ ޓީމު ބްރޯންޒް މެޑަލް ހޯދާފައެވެ.
އަރްޝަދުގެ މި ކާމިޔާބީ ފާހަގަކުރުމަށް ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި މިހާރުދަނީ އުފާ ފާޅުކުރަމުންނެވެ.