ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ޔޫރަޕް ގައުމުތަކުގެ ލިސްޓަށް އިތުރު ނަންތަކެއް

5 months ago

އަފްރާހް

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައުމުތަކުގެ ލިސްޓަށް ގައުމުތަކެއްގެ ނަން އިތުރުވެއްޖެއެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސްޕެއިން، އަޔަލަންޑް، މަލްޓާ އަދި ސްލޮވީނިއާ އިން މިހާރުވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައެވެ.

އީޔޫ ގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ސްޕެނިޝް އާއި ހަވާލާދީ ރިޕޯޓުތަކުގައި ވަނީ މި ހިނގާ މެއި މަހުގެ 21 ގައި އެގައުމުތަކުން އެކަން ރަސްމީކޮށް އިއުލާން ކުރާނެއެވެ.

މީގެއިތުރުން އެހެންގައުމުތަކުން ވެސް ވަަރަށް އަވަހަށް މިފަދަ ނިންމުންތައް ނިންމާނެ ކަމަށް ނޫސްތަކުގައި ވަނީ ހާމަކޮށްފައެވެ.

ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވަނީ މި މެއި މަހުގެ 10 ވަނަ ދުވަހުފެ ރޭގެ ވަގުތެއްގައެވެ.

އދ. އިން ބޭއްވި ކުއްލި ބައްދަލުވުމުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފައެވެ. ރާއްޖެއިން ކޯ ސްޕޯންސް ކޮށްފައިވާ އެ ގަރާރަށް ނެގި ވޯޓުގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް 143 ގައުމަކުން ވަނީ ތާއީދުކޮށްފައެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިން އިރު، އެއްވެސް ކޮޅަކަށް ވޯޓުނުދީ 25 ގައުމަކުން ތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު