މީޑިއާ ނެޓަށް ފުރޭތަ އަރަނީ

5 months ago

ސާއި

ޑާކްރެއިން އިން ބެލުންތެރިންނާއި ހަމައަށް އެންމެފަހުން ގެނެސްދިން ފީޗަރ ފިލްމު 'ފުރޭތަ' މީޑިއާ ނެޓުގެ ގެ ވީއޯޑީ މަންސަ އިން ދައްކަން ނިންމައިފިއެވެ.


ޑާކްރެއިން ޕްރޮޑަކްޝަން ހައުސް އިން ބުނީ މި ހިނގާ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސްޓްރީމް ކުރާނެ ކަމަށެވެ.


ތަފާތު ޖޯންރާއަކަށް ތައްޔާރުކޮށް، ގިނަބައެއްގެ މަގްބޫލުކަން ހޯދައިވާ މި ފިލްމު އޮލިމްޕަހުގެ ސިލްވަރ ސްކްރީންގައި ދައްކައި، ވަނީ ގިނަބައެއްގެ ތަރުހީބު ވެސް ހޯދާފައެވެ. މިއަހަރުގެ މާރޗު މަހު އޮލިމްޕަހުގައި އެޅުވި މި ފިލްމުގެ ގިނަ ޝޯވތަކެއް ހައުސްފުލް ވިއިރު، މިއީ ރާއްޖޭގައި މިހައިތަނަށް އުފައްދާފައި ނުވާ ޒާތުގެ އަދި ވަރަށް ތަފާތު މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެއްކަމަށް ގިނަބަޔަކު އަންނަނީ ގަބޫލުކުރަމުންނެވެ.


މި ފިލްމުގެ މުހިންމުތަރިންގެ ތެރޭގައި ރާއްޖޭގައި މިވަގުތު ހުރި އެންމެކުޅަދާނަ އަދި އެންމެ ޒުވާން އެއް ތަރި ކަމަށްވާ ޝަރަފު ޢަބްދުﷲ (ޝަރައްޕެ) އާއި ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރ އަދި ކްރިއޮގްރާފަރ ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު ހިމެނެއެވެ. އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާގެ ހުނަރުވެރިކަން ކިތަންމެހައި ވެސް ރަނގަޅަކަށް ވަނީ ދައްކުވައިދީފައެވެ.


ފުރޭތަ އަކީ އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަަކަށް އަހުމަދު ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ ޒުވާން ކެމެރާމަން އަހުމަދު ޒިފާފް (ޒިއްޕެ) އެވެ.


ކިޔުންތެރިންގެ ހިޔާލު