މާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

2 months ago

އަފްރާހް

މާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.


ސްޓެލްކޯ އިން 'އެކްސް' ގައި ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ ވިއްސާރައާއި ގުޅިގެން ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވެގެން ކަމަށެވެ.


އެގޮތުން މާލެ ސިޓީ، ލޮނުޒިޔާރަތްމަގު، ވީބީ މާޓް ހުންނަ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.


މިހާރުކުރަމުންދާ ވިއްސާރައިގާ ރާއްޖޭގެ ހުރިހައި ސަރަައްދަކަށް ވެސް މޫސުން ގޯސްވެ، ވާރޭ ވެހެމުން އަންނައިރު، ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުން ވެސް ދަނީ ލިބެމުންނެވެ. އަދި މާލޭގައޮ ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު