ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސްޓެލްކޯ މުވައްޒަފުން އަބަދުވެސް ތިބޭނީ އުފަލުން އެންމެކުރީގަ: ފަހުމީ

2 months ago

އަފްރާހް

ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އަބަދު ވެސް ދައްކަވަމުން ގެންދަވަނީ ތަޢުރީފު ޙައްޤު، ހިތްވަރާއި ޖޯޝުން ފުރިގެންވާ ނަމޫނާއެއް ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމާއި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ސްޓެލްކޯގެ މުވައްޒަފުން މާލެ ސިޓީގައި ހަރަކާތެރިވަމުންކަން ފާހަގަކުރައްވާފައެވެ. އަދި ސްޓެލްކޯ އިން ޚިދުމަތްދޭ އެހެނިހެން ރަށްރަށުގެ މުވައްޒަފުން މިވަގުތުވަނީ ރަށު ފެންވަރުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ތައްޔާރީހާލަތަކަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް އުފަލާއިއެކު އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.


އެމްޑީ ވަނީ ގައުމީ ރޫހުގައި މުވައްޒަފުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކަށް ފަޚުރުވެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ރޫހު ސްޓެލްކޯގެ މުވައްޒަފުންގެ ގައިގައި އަށަގަނެފައިހުރީ ޒަމާނުއްސުރެ ވަރުބަލިކަމެއް، ފޫހިކަމެއްނެތި އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތުގެ ސަބަބުން ކަމުގައި ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ޑެވިލް

އެކަން އެނގޭ ކަރަންޓު ބިލު ތަކުން

2 months ago

އަލީ

ރަތްޔިތުންގެ ކަރަންޓް ބިލްތަކުން ވައްކަން ކޮށްގެން ރަޔްޔިތުމީހާ ދަވައިލައިގެން ދެއްތޯ

2 months ago