އުރީދޫ އިން ނައިފަރު މަސްރޭސް ފަސްކޮށްފި

2 months ago

އަފްރާހް

އުރީދޫ އިން ނައިފަރު މަސްރޭސް ފަސްކޮށްފިއެވެ.


'އެކްސް' ގައި ކޮށްފައިވާ ނައިފަރު މަސްރޭސް ބާއްވާ ދުވަސް ބަދަލުވެއްޖެ ކަމަށެވެ. އަދި އައު ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.


މި ރޭސް ބާއްވާ ތާރީހަށް ބަދަލު ގެނައީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ މޫސުން ގޯސްވުުމުގެ ސަބަބުން ކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.


 


އެކުންފުނީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވަން ތާވަލުކޮށްފައިވާ މަސްރޭހުގެ ތެރެއިން ހިންމަފުށިގައި ބޭއްވި މަސް ރޭސް ކާމިޔާބުކޮށްފައިވަނީ ސިފްކޯ ޓީމުންނެވެ.


މި އަހަރުގެ މަސް ރޭސް ބޭއްވުމަށް ނިންމާފައިވަނީ ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައެވެ.


އުރީދޫ މަސް ރޭހަކީ އެ ކުންފުނިގެ އަހަރީ ދުވަހާއި ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް އެންމެފުރަތަމަ ހަމައެކަނި މާލެއަށް އަމާޒުކޮށްގެން ބޭއްވިނަމަވެސް އަތޮޅުތެރެއަށް ވެސއް ހުޅުވާލުމުން ކޮންމެއަހަރަކު ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު