މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ ހުނަރުވެރިބައެއް: މިނިސްޓަރ

2 months ago

އަފްރާހް

މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ޒުވާނުންތަކެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


"ޝީވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ އެ މިނިސްޓްރީން މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްގީކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގްބަލް ބިނާ ކުރުމަށް ކަމަށެވެ.


މީގެއިތުރުން އިނގިރޭސި ވިލާތުން ދެއްވާ ޝީވްނިންގ ސްކޮލަޝިޕްއަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ޝައުގުވެރިވާ ސްކޮލަޝިޕެއްކަން ފާހަގަކުރެއްވިއެވެ. އަދި އެގައުމުން ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކާއި އެ ސްކޮލަޝީޕްތަކަށް ދަރިވަރުން ހޮވުމުގައި ދެއްވި އެއްބާރުލުމާއި އެހީއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ޝީވްނިންގ/މޯލްޑިވިސް ސްކޮލަޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މިނިސްޓްރީގެ ބައެއް އިސްބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ބްރިޓިޝް ހައި ކޮމިޝަންގެ އިސްބޭފުޅުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު