ނުރައްކާތެރި ބައްޔެއް ފެތުރޭތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

2 months ago

އަފްރާހް

އިންސާނުންގެ ފުރާނައަށް ނުރައްކާވާ ބައްޔެއް ފެތުރޭތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.


ޑަބްލިއުއެޗްއޯ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެމްޕޮކްސް (ކުރިން މަންކީޕޮކްސް) ފެތުރެމުންދާތީއެވެ. އަދި މިބަލި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.


އެ ޖަމިއްޔާ އިން މި ހާލަތު އިއުލާންކޮށްފައި މިވަނީ އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ވެސް އެފްރިކާ ބައްރުގައި ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނިކޮށެވެ.


ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވީ ނަމަވެސް, އެ ކަމަށް ބޭނުންވާ ވެކްސިން ކޮންގޯއާއި އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކަށް ފޯރުކޮށްދެވޭނެ ތާރީޚެއް ސާފެއް ނޫނެވެ. އެފްރިކާ ސީޑީސީގެ ނިންމުމާ ގުޅޭ ގޮތުން ޞިއްޙަތު ޖަމުޢިއްޔާއިން ކުރަމުންދާ މަޝްވަރާތަކާ އެކު, އެފްރިކާގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ފެށިގެން ދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ.


މިއީ ތާރީޚުގައި ވެސް އެފްރިކާ ބައްރުގެ ހުރިހާ ގައުމުތަކެއް ހިމެނޭ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފުރަތަމަ ފަހަރެވެ.


ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އެކި ސަރަޙައްދުގައި އެމްޕޮކްސް ވައިރަސް ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވަނީ 2023 ޖަނަވަރީގައެވެ. އެގައުމުގައި މި ބަލީގެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޚަރަދު ކުރަން އެފްރިކާ ޔޫނިއަން (އޭޔޫ) އިން ހުސްވި ހަފުތާގައި 10.4 މިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ފޮނުވާފައިވާ ކަމުގައި އެފްރިކާ ސީޑީސީން ހާމަކުރިއެވެ. 


ކިޔުންތެރިންގެ ހިޔާލު