ދިރާގު ރޯޑު ރޭހަށް ތައްޔާރުތަ؟ ރެޖިސްޓްރޭޝަނަަށް ވަރަށް އަވަހަށް ހުޅުވާލާނެ

4 months ago

އަފްރާހް

ދިރާގުން ބާއްވަމުން އަންނަ 'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' ނުވަތަ ޑީއެމްއާރްއާރް މިއަހަރު ވެސް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.


އެ ކުންފުނިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ އެ ދުވުުމުގައި ރެޖިސްޓްރީވުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.


މިއަަހަރުގެ ދުވުމުގައި ވެސް 5 ކިލޯމީޓަރާއި 10 ކިލޯމީޓަރާއި އަދި 21 ކިލޯމީޓަރުގެ ދުވުން ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުވުމެކެވެ. މިއަހަރު މި ބާއްވަނީ 15 ވަނަ އެޑިޝަނެވެ.


ފައިބެއަހަރުގެ ދުވުމުގައި 4000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، 27 ގައުމެއްގެ ދުވުންތެރިން ވެސް ހިމެނެއެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުން ބައިވެރިވެފައިވާއިރު، އަތޮޅުތެރޭގެ 7 ސްކޫލެއް ވެސް ހިމެނެއެވެ.


މިއަހަރުގެ ދުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ 25 އޮކްޓޯބަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު