ޕީއެސްޖީ މެޗު ބެލުމަށް ފުރުސަތު ލިބުނު އުރީދޫގެ ނަސީބުވެރިޔާ ފުރައިފި

5 months ago

އަފްރާހް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މެޗު ބެލުމަށް ފުރުސަތު ލިބުނު އުރީދޫގެ ނަސީބުވެރިޔާ ފުރައިފިއެވެ.

އުރީދޫ އިން ވިދާޅުވީ "ފްލައި ޓު ޕެރިސް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ޕީއެސްޖީއަށް މެޗު ބަލަން ދިއުމަށް ފުރާފައިވަނީ އުރީދޫގެ ދެ ސްޓާފުންނާ އެކުގައި ކަމަށާއި އެމީހުން ފުރީ މޭ 11 ވަނަ ދުވަހު ކަމަށެވެ.

މިއީ އެ ކުންފުނީގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ފައިބެއަހަރުގެ އޮކްޓޯބަރު 18 ން ޑިސެމްބަރު 31 އަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މިއީ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ލަކީޑްރޯއެކެވެ.

މިއަހަރުގެ މާރޗު މަހު މާޗު 1 ވަނަ ދުވަހު ބޭއްވި މިލަކީ ޑްރޯގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ އުރީދޫގެ ސުޕަރނެޓު ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ.

ޕެރިހަށް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާއި އެކު އެކޮމަޑޭޝަނާއި ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުގައި އޭޕްރީލް 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

މި މެޗު ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ކުރިއަށް ގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިގެންނެވެ. އެއީ ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަރ ފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރެއްވި ފަރާތްތައް ވަނީ މި ލަކީ ޑްރޯގައި އޮޓޮމެޓިކުން ބައިވެރި ކުރުވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު