އީރާން ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރ ގެއްލިގެން ހޯދަނީ

5 months ago

ސާއި

އީރާން ރައީސް އެބްރަހަމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރ ގެއްލިގެން ހޯދަން ފަށައިފިއެވެ.


ބޭރުގެ ނޫސްތަކުން ހާމަކުރާގޮތުގައި ހެލިކޮޕްޓަރ ވެއްޓިފައިވަނީ އީސްޓް އަޒަރްބައިޖާން ޕްރޮވިންސަށެވެ. އަޖަރްބައިޖާނަށް އެބޭފުޅުން ވަޑަައިގަތީ ޑޭމް އެއް ހުޅުވުމަށް ކަަމަށް ރިޕޯޓުތައް ބުނެއެވެ.


އެ ހެލިކޮޕްޓަރުން އީރާންގެ ރައީސްގެ އިތުރުން އެގައުމުގެ ބައެއް އެހެން އިސްފަރާތްތައް ވެސް ދަތުރުކުރެއްވިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޓްރާންސްޕޯޓު މިނިސްޓަރާއި އެނަރޖީ މިނިސްޓަރު ވެސް ދަތުރުކުރެއްވިކަމަށް ޚަބަރުތައް ބުނެއެވެ.


ހެލިކޮޕްޓަރު ވެއްޓުނުކަމަށް ބެެލެވޭ ސަރަހައްދުގައި ދުންފިނީގެ އަސަރުބޮޑުކަމުން ރެސްކިއު އެންޑް ރިލީފް ޓީމުތަކުން ހެލިކޮޕްޓަރާއި އެއިން ދަތުރުކުރި މީހުން ހޮދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު