ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ވައުދުފުޅު ރައީސް ޑރ. މުއިއްޒު ފުއްދަވާނެ: މިނިސްޓަރ

2 months ago

އަފްރާހް

ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މިހާރު ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ ތެރެއިން ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.


މިނިސްޓަރު ވިދާޅުވީ މި ފަސް އަހަރު ނިމުމުގެ ކުރިން ރައީސްގެ އެވަޢުދު ފުއްދަވާނެކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށްވެސް އެކަން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތައް އެބަތިބިކަން ފާހަގަކުރައްވައި ވިދާޅުވީ މިހާތަނަށް އައިއިރުވެސް އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކޮށްފައިނުވާކަމަށެވެ.


މިނިސްޓަރު ފައިސަލް ވަނީ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދުކަމަށާއި އެވައުއުދުފުޅު ފުއްދަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު