މަވައްދަތުގެ ފުރަތަމަ ފޯރަމް ބާއްވައިފި

2 months ago

އަފްރާހް

ކައިވެންޏާއި އާއިލީ ގުޅުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ފުރަތަމަ ފޯރަމް ބާއްވައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ސިލްސިލާކޮށް ބާއްވާ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 16 އޮގަސްޓް ވީ ހުކުރު ދުވަހުގެ ރެއެވެ.


މިއީ ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުވުމަށް ކުރިއަށްގެންދަން ނިންމި ހަރަކާތެއް ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. "މަވައްދަތު" ނަމުގައި މި ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.


"ކައިވެނީގެ ކުރިން" މި މައުޟޫއުއަށް ފޯރަމްގައި މައުލޫމާތު ދެއްވީ ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.


މި ފޯރަަމަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު