ރައްކާ ރޯޑްޝޯ ނިންމުމުގެ ގޮތުން ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް

2 months ago

އަފްރާހް

"ރައްކާ ރޯޑްޝޯ 10" ނިންމުމުގެ ގޮތުން ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުން ބައިވެރިވެއްޖެއެވެ.


މިއީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.


ފުވައްމުލަކު ސިޓީ ޒުވާނުންގެ މަރުކަޒު ގޯތިތެރޭގައި ބޭއްވި މި ކުޑަކުދީންގެ ހަވީރުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުން ވަނީ އެތަނަށް ޒިޔާރަތްކުރި ކުދީންނަށް، ފަޔަރޓްރަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ.


މީގެއިތުރުން ސިފައިންގެ ޔުނިފޯމުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދީފައި ވެއެވެ.


މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ކުޑަކުދީންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު