އީރާންގެ ރައީސް އާއި އިސްވަފުދުގެ ބޭފުޅުން އަވަހާރަވެއްޖެކަމަށް ރިޕޯޓުތައް ބުނެފި

5 months ago

ސާއި

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އެގައުމުގެ އިސްވަފުދެއް ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސް އަވަހާރަވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފިއެވެ.


އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.


ރިޕޯޓުތައް ބުނާގޮތުން ރައިސީއާއެކު ދަތުރުކުރެއްވި އެގައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިޔާންއާއި އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުالله އަލްހާޝިމީ ވެސް ވަނީ އަވަހާރަވެފައެވެ. އަދި ހެލިކޮޕްޓަރުގައި ދަތުރުކުރި މީހުންގެ ހަށިގަނޑުތައް ދެނެނުގަނެވޭ ވަރަށް އަނދާފައިވާކަމަށް ވެސް ބުނެއެވެ.


އެބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓިފައިވަނީ އީސްޓް އަޒަރްބައިޖާން ޕްރޮވިންސަށެވެ. އަޖަރްބައިޖާނަށް އެބޭފުޅުން ވަޑަައިގަތީ ޑޭމް އެއް ހުޅުވުމަށެވެ.


ހެލިކޮޕްޓަރު ވެއްޓުނުކަމަށް ބެެލެވޭ ސަރަހައްދުގައި ދުންފިނީގެ އަސަރުބޮޑުކަމުން ރެސްކިއު އެންޑް ރިލީފް ޓީމުތަކުން ހެލިކޮޕްޓަރާއި އެއިން ދަތުރުކުރި މީހުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވީނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުން ރެސްކިއު ޓީމުތައް މިހާރުވަނީ ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު