ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީ އާއި ގައުމީ އެއަރލައިން އެއްބަސްވުމަކަށް

2 months ago

އަފްރާހް

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީ އާއި ގައުމީ އެއަރލައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.


މި އެއްބަސްވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރިވާނެ ތަފާތު މާކެޓިންގ ކެމްޕެއިންތަކާއި އިނީޝިއޭޓިވްތައް އުފެއްދުމަށް ދެކުންފުނިން މަސައްކަތް ކުރާނެއެވެ. އަދި ދެ ކުންފުނި ގުޅިގެން ކުރުމަށް ރާވާފައިވާ މަސައްކަތުގެ ތެރެއިން ބްރޭންޑެޑް އިޝްތިހާރުތަކާއި ޕްރޮމޯޝަނަލް ހަރަކާތްތަކާއި ބައިނަލްއަގުވާމީ ކެމްޕެއިންތައް ހިމެނެއެވެ.


މީގެއިތުރުން ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި ބިޒްނަސް ޓު ކޮންސިއުމަރ މާކެޓިންގ އަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއްވައެވެ.


ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވިއަން އާއެކު ގުޅިގެން މަސައްކަތްކުރުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ވިދާޅުވިއެެވެ. މޯލްޑިވިއަންގެ އެމްޑީ އިޔާސް ވިދާޅުވީ މި ޕާޓްނަރޝިޕްއަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖޭގެ މަގާމު މަތިކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު