ޕެރަލިމްފިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޕެރާ ޓީމަށް މިނިސްޓަރު ހިތްވަރު ދެއްވައިފި

2 months ago

އަފްރާހް

ފްރާންސްގައި ބާއްވާ ޕެރަލިމްފިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޕެރާ ޓީމާ ބައްދަލުކޮށް ކުޅިވަރާ ހަށިހެޔޮ ކަމާބެހޭ ވަޒީރު ރާފިއު ހިތްވަރުދެއްވައިފިއެވެ.


ކުޅިވަރާ ހަށިހެޔޮ ކަމާބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒްއާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސް އައިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގަތެވެ.


ރާއްޖޭގެ ޕެރާ ޓީމާއި ޖާރޒީ ހަވާލުކޮށް، ޓީމަށް ހިތްވަރުދެއްވައި މިނިސްޓަރު ވަނީ ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.


މި ޓީމުގައި ހިމެނޭ ޕެރަ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް އާއި އޭނާގެ ގައިޑް ރަނަރ ފާތިމަތު ޝަމްހާ އާއި އަބްދުލް ރައްޒާގް އަދި އޭނާގެ ގައިޑް ރަނަރ ހުސެއިން ޝިފާޒެވެ.


މިޓީމު ބައިވެރިވުމަށް ހަމަޖެހިފައިވަނީ 100 މީޓަރ އާއި 200 މީޓަރ ދުވުމުގައެވެ. ރާއްޖެއިން ޕެރަލިމްޕިކްގައި ބައިވެރިވުމަށް މިފަހަރު ފުރުސަތު ލިބިފައިވަނީ ހަމައެކަނި އެތުލެޓިކްސް އިވެންޓުގައެވެ.


މިޓީމުގެ ކޯޗެއްގެ މަސްއޫދު ހަމަޖައްސާފައިވާއިރު، ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގަންނަވާނީ މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދެވެ.


މިއީ ޕެރާ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ ދެވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މީގެކުރިން 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޓޯކިއޯ 2020 ޕެރަލިމްޕިކް ގޭމްސްގައި ފާތިމަތު އިބްރާހީމާއި، މުހައްމަދު މާޒިން ބައިވެރިވެ ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވެއެވެ.


މިފަހަރުގެ ޕެރާ ޓީގައި ހިމެނޭ ދެ އެތުލީޓުން ވަނީ މަޑަގަސްކަރައިގައި އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ރާއްޖެއަށް ލޯ މެޑަލް ހޯދައި ދީފައެވެ.


އެހެންކަމުން މިފަހަރުގެ ޕެރަލިމްޕިކް މުބާރާތުގައި ވެސް އެދެވޭ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު