މިއަހަރުގެ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު

4 months ago

އަފްރާހް

މިއަހަރުގެ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައި، އެކަމުގެ އެެއްބަސްވުމުގައި ސޮއިކޮށްފިއެވެ.


މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް، ވިމެންސް އެޑިޝަން 2024 އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.


މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި އެކަމަށް ހައްލު ހޯދުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ.


ދިރާގުން ވިދާޅުވީ މި ކޮންފަރެސްގެ ޑިޖިޓަލް ޕާޓުނަރަކަށްވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ދިވެހި ހޮސްޕިޓައިލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން މިދާއިރާ އިތުރަށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަބަދުވެސް ލިބޭ އުފަލެއް ކަމަށެވެ.


" އެ ސިނާއަތުގެ އޮޕަރޭޝަންތައް އިތުރަށް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މިފަދަ އިވެންޓްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނާޔާ ޝަރީފް ވިދާޅުވިއެވެ.


މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އަދި ދިރާގާއި އެކު ކުރިއަށް ދެވޭތީ ފަޚުރުވެރިވާ ކަމަށެވެ.


"މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް–ވިމެންސް އެޑިޝަން 2024" އޮންނާނީ މި މަހުގެ 19 ވާ ހޯމަ ދުވަހު ހޮޓެލް ޖެންގައެވެ. 


ކިޔުންތެރިންގެ ހިޔާލު