އުރީދޫ ނޭޝަން އިންޓަރ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ނިމިއްޖެ

2 months ago

އަފްރާހް

އުރީދޫ ނޭޝަން ގެ ފުރަތަމަ އިންޓަރ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.


ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން މި ހަރަކާތުގައި ގިނަ އޮފީސް ތަކުން ވަނީ ބައިވެރިވެފައެވެ.


މިމަހުގެ 13 އިން 18 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 އޮފީހަކުން ވަނީ ބައިވެރިވެފައެވެ.


މި މުބާރާތަކީ ޓީމް ސްޕިރިޓާއި ރަހުމަތްތެރި ކަމާއި ވާދަވެރިކަން އިތުރުކޮށް، އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރި މުބާރާތެކެވެ.


މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކުރެވުނީ 17 އޮގަސްޓްގައި އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. 

PUBG Mobile:

PUBG MVP (MVR 1000) : Ahmed Ikram EM Enterprises

3rd place (MVR 3000): Customs

Runner-up (MVR 6000): EM ENterprises

Champion Team (MVR 10,000): Bank of Maldives

Mobile Legends: Bang Bang

MVP (MVR 1000): Aiman Rasheed, Maldives National Air Traffic services.

3rd place (MVR 1500): MACL Team 2

Runner Up (MVR MVR 3000): Bank of Maldives

Champion (MVR 4500): Maldives National Air Traffic Services

EAFC

3rd Place (MVR 3000): Jailam Mohamed, MIRA

2nd place (MVR 6000): Ismail Nashau, BML

Champion (MVR 10,000): Janaan Mohamed, K&F HOLDINGS

ކިޔުންތެރިންގެ ހިޔާލު