އެމްއައިބީން ގެސްޓްހައުސް ސިމްޕޯޒިއަމް އެއް މިއަހަރު ބާއްވާނީ

2 months ago

އަފްރާހް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ގެސްޓްހައުސް ސިމްޕޯޒިއަމް އެއް މިއަހަރު ބާއްވާން ނިންމައިފިއެވެ.


އެ ބޭންކުން ވިދާޅުވީ މި ސިމްޕޯޒިއަމް އޮންނާނީ މިއަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ކްރޮސްރޯޑުގައި ކަމަށެވެ.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޟާ ވިދާޅުވީ މިއީ އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ޚިޔާލު ބަދަލުކޮށް، ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރުމަށް ބާއްވާ ސިމްޕޯޒިއަމެއް ކަމަށެވެ. އަދި މި ސިމްޕޯޒިމްގައި ގެސްޓް ހައުސް އާއި ލިވަރބޯޑާއި އެކި ކުންފުނިތައް ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ޕެނަލް ޑިސްކަޝަން ވެސް ކުރިއަށްދާނެ ކަމަށާއި ދާއިރާގައި ފުންނާބު އުސް މީހުންގެ ތަޖުރިބާ ވެސް ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ރިޟާ އިތުރަށް ވިދާޅުވީ މި ސިމްޕޯޒިއަމްގައި ސްޓޯލް ހަދައިގެން ބައިވެރިވެވޭނީ ކަނޑައެޅޭ ވަކި އަދަދަކަށް ކަމަށާއި އެ ސްޓޯލެއްގައި އެމީހުންގެ ޕްރޮޑަކްޓްތައް ދައްކާލެވޭނެ ކަމަށެވެ. އަދި ފޯރަމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކުރިއަށް އޮތް ދުވަސްތަކުގައި ސިންޕޯޒިއަމްގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށާއިި މި ސިމްޕޯޒިއަމްގައި ގާތްގަޑަކަށް 150 ވަރަކަށް ސްލޮޓް ދޫކުރާނެ ކަަމަށް ވެސް ރިޟާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު