ޗައިނާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ފަހުމުނާމާއެއް

2 months ago

އަފްރާހް

ޗައިނާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މި ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އާއި ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާ އެކުގައެވެ.


ވިލާ ނޯޓިކާ ރިސޯޓުގައި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގް އެވެ.


މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެއެވެ.


ޝިއުރީ ވިދާޅުވީ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދާނެ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު