އުރީދޫ ކަސްޓަމަރުންނަށް ލައަންސްގޭޓް ޕްލޭ

2 months ago

އަފްރާހް

އުރީދޫގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފިއެވެ.


ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ.


މި ހިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ހިދުމަތެކެވެ.


ބްލޮކްބަސްޓަރ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި އެކްސްކްލޫސިވް ކޮންޓެންޓްގެ މުއްސަނދި ލައިބްރަރީއަކާ އެކު ލަޔަންސްގޭޓް ޕްލޭ އަކީ މުނިފޫހިފިލުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަން ސްޓޮޕް ޑެސްޓިނޭޝަނެކެވެ.


ކޮލިޓީ، އިނޮވޭޝަން އަދި ސްޓޯރީޓޭލިންއަށް ހާއްސަ ސަމާލުކަމެއް ދީގެން ލަޔަންސްގޭޓް ޕްލޭ އިން ރާއްޖޭއަށް ތަފާތު ރަހަތަކާއި ފޯރުކޮށްދޭ ގޮތަށެވެ.


އުރީދޫ އިން ވިދާޅުވީ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ޕެކް މިހާރު އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އޭގެތެރޭގައި ލަޔަންސްގޭޓް ޕްލޭ ސަބްސްކްރިޕްޝަނާއެކު 100 ޖީބީ އެންމެ 250 ރުފިޔާއަށް ސްޓްރީމް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.


އެކްޓިވޭޓް ކުރުމަށް އުރީދޫ ސުރޕައެޕް ބޭނުން ކުރުމަށް އެ ކުންފުނިން އެދިލައްވައެވެ.


އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުންނަކީ ކަސްޓަމަރުންނަށް އައު، އިނޮވޭޓިވް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.


އުރީދޫ ނެޓްވޯކްގައި ލަޔަންސްގޭޓް ޕްލޭ ތައާރަފްކުރުމުން މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.


އޭޝިއާގެ ލަޔަންސްގޭޓް ޕްލޭގެ ރައީސް ރޯހިތު ޖެއިން ވިދާޅުވީ ލަޔަންސްގޭޓް ޕްލޭ ރާއްޖެއަށް ތައާރަފްކޮށް، ބެލުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ސްޓްރީމިންގ އެކްސްޕީރިއަންސެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު