އުރީދޫ އެންޓަޓޭނިޔާ އަށް ޖިއޮސާވަން!

2 months ago

އަފްރާހް

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މިއުޒިކް ސްޓްރީމިންގ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމުގައިވާ ޖިއޯސާވަން، އުރީދޫގެ މުނިފޫހިފިލުވުމުގެ މަރުކަޒު ކަމުގައިވާ އެންޓަރޓެއިނިއާއަށް އިތުރުކޮށްފިއެވެ.


މި ޕާޓްނަޝިޕް އާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް 16 ބަހަކުން 80 މިލިއަނަށްވުރެ ގިނަ ލަވަތަކާއި، ޕޮޑްކާސްޓްތަކާއި، ހާއްސަ ކޮންޓެންޓްތައް ހިމެނޭ ޖިއޯސާވަންގެ ކެޓަލޮގަށް ފަސޭހަކަމާއެކު ސަބްސްކްރިޕްޝަން ލިބި، މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ.


އުރީދޫގެ އެންޓަރޓެއިނިއާ ފަރުމާކުރެވިފައިވަނީ ތަފާތު ގިނަ ބާވަތްތަކުގެ މުނިފޫހިފިލުވުމުގެ ޕްލެޓްފޯމް ތަކުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށެވެ. އަދި ޖިއޯސާވަން ހިމެނުމާއެކު، ރާއްޖޭގައި މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް ތަފާތު އެކި ވައްތަރުގެ މިއުސިކް ފަސޭހަކަމާއެކު އަޑު އަހާލުމުގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ. 


ބޮލީވުޑް ހިޓްސްތަކާއި، ބައިނަލްއަޤްވާމީ ޗާޓުތަކުގައި އެންމެ މަތީގައި ހުންނަ ލަވަތަކާއި، ސަރަޙައްދީ މަޤްބޫލު ލަވަތަކާއި އެކު، ޖިއޯސާވަންއިން ހުރިހާ އެންމެންނަށްވެސް އެކަށީގެންވާ ކޮންޓެންޓް ލިބެން ހުރެއެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ބޭނުންކުރާ ފަރާތްތަކަށް ކަމުދާ ލަވަތައް ހިމަނާއިގެން ހާއްސަ ޕްލޭލިސްޓްތައް ހެދުމާއި، އައު އާޓިސްޓުން ދެނެގަތުމާއި، އެކި ބާވަތްތަކުގެ މިއުޒިކް އަޑުއެހުމުގެ ފުރުޞަތު ފަސޭހަކަމާއެކު ލިބިގެންދާނެ ގޮތަށެވެ. 


ޖިއޯސާވަން އިން ލަވަ އާއި ޕޮޑްކާސްޓް އަޑުއަހަން ބޭނުންވާ އުރީދޫ ކަސްޓަމަރުންނަށް 1 މަހުގެ ހިލޭ ޕްރީމިއަމް ޖިއޯސާވަން ސަބްސްކްރިޕްޝަނަކާއެކު 50 ޖީބީ ޑޭޓާ އެންމެ 250 ރުފިޔާއަށް އުރީދޫ އެންޓަޓޭނިއާ ނުވަތަ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓްކޮށްލެވޭނެއެވެ.


މިއީ ކަސްޓަމަރުންގެ އީޖާދީ ޑިޖިޓަލް ހައްލުތަކާއި ތަފާތު ތަޖުރިބާތައް ފަހިކޮށްދުނުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ވެވިފައިވާ ޕާޓްނަރޝިޕެކެވެ.


ކިޔުންތެރިންގެ ހިޔާލު