އޭއޯއެސްއައި ފެތުމުގެ މުބާރާތުގައި ތަޒްކިޔާ އާއި ނިއު ލެގޫންސް އިން ރާއްޖެއަށް މެޑަލް

2 months ago

އަފްރާހް

ތައިލެެންޑުގައި މިހާރުކުރިއަށްދާ އޭއޯއެސްއައި ޝޯޓް ކޯސް/ އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް، ބެންކޮކް އެޑިޝަންގައި ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުސާދާއި ނިއު ލެގޫންސް ސްވިމިންގ ކްލަބުުގެ ފެތުންތެރިން ރާއްޖެއަށް މެޑަލް ހޯދައިދިފިއެވެ.


އެގޮތުން ނިއު ލެގޫންސް ސްވިމިންގ ކްލަބުގެ ފެތުންތެރިން ވަނީ އިންޑިވިޖުއަލް 11 މެޑަލް އާއި ރިލޭ އެއް ކާމިޔާބުކޮށް މެޑަލް ހޯދާފައެވެ. އޭގެތެރޭގައި އަމްނާ ތަޒްކިޔާ މިރުސާދު 100 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރަން މެޑަލްއާއި 200 މީޓަރާއި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރިހި މެޑަލް ވަނީ ހޯދާފައެވެ. އަދި 50 މީޓަރު ބަޓަރފްލައި އިވެންޓާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ތަޒްކިޔާ ވަނީ ލޯ މެޑަލް ހޯދާފައެވެ.


މީގެއިތުރުން ނިއު ލެގޫންސްގެ އިބްރާހީމް މާދު ސާޖިދު 100 މީޓަރު ފިރިހެން ބެކްސްޓްރޯކް އާއި 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން ލޯ މެޑަލް ހޯދިއިރު، ލޫތު މުހައްމަދު ހުސައިން ވަނީ 200 މީޓަރު ބްރެސްޓްސްޓްރޯކާއި 25 މީޓަރު ބްރެސްޓްސްޓްރީކް އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.


ނިއު ލެގޫންސްގެ ފިރިހެން ފެތުންތެރިން ވަނީ ހަތަރެއް ގުނަ 50 މީޓަރުގެ ފިރިހެން ފްރީސްޓައިލް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. އެ ޓީމުގައި ހިމެނެނީ ލޫތު، މާދު، ހަމީމް އަދި އިޒްޔާން ނާޒިމެވެ.


ހަމަމިއާއެކު އައިޝަތު ޝައިހާ ޝާފިއު ވަނީ 100 މީޓަރުގެ ބެކްސްޓްރޯކާއި ބްރެސްޓްސްޓްރޯކް އިވެންޓުން މެޑަލް ހޯދާފައެވެ. ބްރެސްޓްސްޓްރޯކް އިވެންޓުން ޝައިހާ ހޯދީ ރިހި މެޑަލްއެވެ. އަނެއް އިވެންޓުން ހޯދީ ލޯ މެޑަލްއެކެވެ.


މި މުބާރާތުގައި މުހައްމަދު ރިހާން ޝިހާމްއާއި މެރާލް އައިން ލަތީފު އަދި ދަނިއާލް އަމީން ފައިސަލް ވެސް ވަނީ ރާއްޖެއަށް މެޑަލްތައް ހޯދައިދީފައެވެ. އެގޮތުން ރިހާން ތިން ރިހި މެޑަލްއާއި ލޯ މެޑަލްއެއް ހޯދިއިރު، މެރާލް ވަނީ ތިން ލޯ މެޑަލްއާއި ރިހި މެޑެއްޔެއް ހޯދާފައެވެ. އަދި ދަނިއާލް އަމީން ފައިސަލް ވެސް ވަނީ ލޯ މެޑަލްއެއް ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު