ސާޔާގެ ވަދާއީ ޝޯވތައް މި މަހު 22، 23 އަދި 24 ގަ

2 months ago

އަފްރާހް

ދިވެހި ފިލްމު ސާޔާގެ ވަދާއީ ޝޯވތައް މި މަހު 22، 23 އަދި 24 ގައި ބޭއްވުމަށް ނިންމައިފިއެވެ.


މި އޮގަސްޓު މަހުގެ 7 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއަރކުރި މި ފިލްމަށް ގިނަބައެއްގެ މަގްބޫލުކަން މިހާރު ވެސް ލިބިފައިވާއިރު، އަތޮޅުތެރޭގައި ވެސް ފިލްމު ދެއްކުމުގެ އިންތިޒާމުތައް ދަނީ ކުރަމުންނެވެ.


އެގޮތުން އައްޑޫ ސިޓީ ހުޅުމީދޫގައި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ރޭ ދެއްކުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ޝޯވ ގެ ޓިކެޓް މިހާރު ބުކްކުރެވޭނެއެވެ.


ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ "ސާޔާ" ގައި ދައްކުވައި ދެނީ ފަޅުރަށަކަށް ހަނީމޫނަށްދާ ދެމަފިރިއަކަށް ދިމާވާ ކަންކަމެވެ. އަދި އެ ދެމީހުންގެ ދެމެދަށް ތިން ވަނަ މީހަކު ވަދެ، އެ މީހުންގެ ތެރޭގައި މައްސަލަގަނޑެއްގެ ތެރެއިން ފެންމަތިވާ ބިރުވެރި ހާދިސާތަކެއް ވެސް މި ފިލްމުން ދައްކުވައިދެއެވެ.


ކިޔުންތެރިންގެ ހިޔާލު