އެމްއާރްސީގެ ޕާޓްނަރސް ފޯރ ހިއުމެނިޓީ އިނިޝިއޭޓިވްގެ ޕަރޓްނަރޝިޕް ދިރާގުން އައުކޮށްފި

4 months ago

އަފްރާހް

ދިވެހި ރެޑް ކްރެސެންޓު (އެމްއާރްސީ) ގެ ޕާޓްނަރސް ފޯރ ހިއުމެނިޓީ އިނިޝިއޭޓިވްގެ ޕަރޓްނަރޝިޕް ދިރާގުން އައުކޮށްފިއެވެ.


ދިރާގުން ވިދާޅުވީ އަންނައަހަރުގެ ނިޔަލަށް އައުކޮށްދީފައިވާ މި ޕާޓްނަރޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި އެ ކުންފުނިން އެހީތެރިވާނެ ކަަމަށެވެ. އަދި މި އިނިޝިއޭޓިވް ގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އެމްއާރްސީގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް ދިރާގުން ވަނީ ވިދާޅުވެފައެވެ.


އެ މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. އަދި އެ އެހީގެ ސަބަބުން އެފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރާއްޖޭގެ މުވާސަލާތީ މައި ކުންފުނި ދިރާގުން ވިދާޅުވެއެވެ.


ދިރާގުން ވަނީ 2018 އިން 2022 ވަނަ އަހަރާއި ހަމައަށް ވެސް އެމްއާރްސީ އާއެކު ޕާޓްނަރޝިޕް ހަދައި، ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު