ޑާކް ރެއިންގެ ޕްރޮޖެކްޓް 37 - މިވެސް އެކްޝަން ތްރިލަރއެއް

2 months ago

އަފްރާހް

ޑާކް ރެއިން އެންޓަރޓެއިންމެންޓުގެ ޕްރޮޖެކްޓް 37 ފަށައިފިއެވެ.


އެ ޕްރޮޑަކްޝަނުން މި ފިލްމަށް ކިޔާނެ ވަކި ނަމެއް އަދިހާމަ ނުކުރާތީ، ޕްރޮޖެކްޓް 37 ކިޔަން ނިންމީ، މިއީ އެ ޕްރޮޑަކްޝަންގެ 37 ވަނަ އުފެއްދުންކަމަށްވާތީއެވެ.


ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކުރާ މި ޕްރޮޖެކްޓުގެ ލީޑު އެކްޓަރަކީ ރަވީއެވެ. މިއީ ސްކްރީން ރައިޓަރ އަހުމަދު ތޮލާލް (ތޮލް) ގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.


މި ޕްރޮޖެކްޓުގައި ހިމެނޭ އިތުރު ތަރންގެ ތެރޭގައި މައިހާ، ޝީލާ ނަޖީބު، މޫސާ އަލީފް، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި ހޫދުއާއި ރަޒާން (ރެކްސް) ހިމެނެއެވެ.


ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވިދާޅުވީ "ޕްރޮޖެކްޓް 37" ގެ ޝޫޓު ކުރުމަށް ނިންމާފައިވަނީ މާލޭގައި ކަމަށެވެ. އަދި މިއީ އެކްޝަން ތްރިލަރއެއް ކަމަށެވެ.


މުޅި ޕްރޮޖެކްޓު ނިންމާލުމަށް ނަގާނެކަމަށް ލަފާކުރެވޭ ވަކި މުއްދަތެއް ނޭނގޭ ކަމަށް ވެސް މޮގާ ވިދާޅުވިއެވެ. އަދި މުޅި ފިލްމު ވެސް ޝޫޓްކުރާނީ މާލޭގައި ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު