ހަގީގަތާ ހިލާފު ވާހަކަތައް ގެނެސްނުދީ، ރާއްޖޭގެ ރިޒަރވް ހުހެއް ނުވޭ: އެމްއެމްއޭ

2 months ago

އަފްރާހް

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒަރވް ހުސްވި ކަމަށް ދެކެވޭ ވާހަކަތައް މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ދޮގުކޮށްފިއެވެ.


ބޭނުންކުރެވޭ ޑޮލަރުގެ ރިޒަރވް ހުސްވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކޮށް އެމްއެމްއޭ އިން މިފަދައިން ހާމަކުރައްވާފައިވާގޮތުގައި ބޭނުން ކުރެވޭ ރިޒަރވްގެ މައުލޫމާތު އެ އޮތޯރިޓީން މަހުންމަހަށް ދަނީ ޝާއިއުކުރަމުންނެވެ. އަދި ރިޒަރވް ހުސްނުވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.


މީގެއިތުރުން ރާއްޖޭގެ ބޭނުންކުރެވޭ ރިޒަރވް ޖުލައި ނިމުނުއިރު، ހުރި މިންވަރަށް ވުރެ އޮގަސްޓް މަހުގެ ނިޔަލަށް ހުރި މިންވަރު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހާމަކުރެއެވެ. އަދި އެފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ އެމްއެމްއޭ އިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު