ހުޅުމާލޭ ފޭސް 2 ގައި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް

2 months ago

އަފްރާހް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ.


އެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ދިނުމަށް ތައްޔާރުކޮށް ހުޅުވާފައިވާ މި ސެންޓަރުން އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުން ވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން ކަސްޓާމަރުންނަށް ލިބޭނެކަަމަށް އުރީދޫ އިން ވިދާޅުވެއެވެ.


އެގިތުން ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާރސަނަލައިޒްޑް ކަސްޓަމަރ ސަޕޯޓް ފަދަ ހިދުމަތްތައް އެ ސެންޓަރުން ލިބޭނެކަމަށް ވިދާޅުވެއެވެ.


މީގެއިތުރުން މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެއް ކަަމަށް ވެސް ވިދާޅުވިއެވެ.


އައު ސެންޓަރަކީ އިން-ޕާރސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓާމަރުންނަށް ކިޔާދޭނެ ތަނެކެވެ.


ދެވަނަ ފިޔަވަހީގެ ވިނަރެސް ވީ6-ޖީ-03 ގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9 ން މެންދުރު 12 ޖަހަންދެން އަދި މެންދުރުފަހު 1 ން ހަވީރު 4 ޖަހަންދެނެވެ.


ކިޔުންތެރިންގެ ހިޔާލު