މިއަދު މަހަށްފުރާ ކޮންމެ ދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ

2 months ago

އަފްރާހް

މިއަދު މަހަށްފުރާ ކޮންމެ ދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދިނުމަށް މިފްކޯ އިން ނިންމައިފިއެވެ.


އެ ކުންފުނިން މިގޮތަށް ނިންމާފައިވަނީ މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.


މިފްކޯއިން ވިދާޅުވީ މިއަދު މަހަށް ފުރާ ކޮންމެ ދޯންޏަކަށް މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ތިން ޓަނު އައިސް ހިލޭ ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މިގޮތަށް އައިސް ދޫކުރާނީ އެތަނެއްގެ ސްޓޮކް ހުސްވަންދެން ކަމަށް ވެސް ވިދާޅުވިއެވެ.


އެ ކުންފުނިން މިގޮތަށް ނިންމާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރުވަނީ ރަނގަޅުވާން ފަށާފައެވެ. އަދި މިފްކޯ އަށް ކިރާ މަހުގެ މިންވަރު ވެސް އިތުރުވަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު