4 months ago
ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 އިންސައްތަ ނިމިއްޖެއެވެ.
މި މަޝްރޫއު ކުރިއަށްގެންދާ މި މަޝްރޫއުގެ އަދާހަމަ ދެއްވަމުން ވިދާޅުވީ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް ވެސް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައް ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ރަށަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކައި، އެއަރޕޯރޓަށް ބޭނުންވާ 30.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 1948 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ވެސް ޖަހާނެއެވެ.
މީގެއިތުރުން 1665 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
މިއީ 232.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.