އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް އިފްތިތާހު ކޮށްފި

2 months ago

އަފްރާހް

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާހު ކޮށްފިއެވެ.


ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތެެއްގައި މި ޕްރޮޖެކްޓް އިފުތިތާޙްކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.


މިއީ ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ) އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ) ގެ ހިލޭއެހީގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ.


މީގެ ތެރެއިން ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފު ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 5 މިލިޔަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ. ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 1.5 މިލިޔަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ.


ތިން ވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވަރލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.


މި ރަސްމިއްޔާތުގައި ނައިބު ވަނީ މި ޕްރޮޖެކްޓުގެ ވެބްސައިޓާއި ޕްރޮގްރާމު ޑޮކިއުމަންޓް އިފުތިތާހް ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު