މިނިސްޓަރ ހައިދަރު ވިދާޅުވީ މާލޭ ސަރަހައްދުގެ ކުލި ކުޑަކުރުމުން ބިންވެރިން ބަނޑަށް ޖެހިދާނެކަަމަށް

5 months ago

އަފްރާހް

ކުލި އޮންނަންވާނީ މާކެޓަށް ދޫކޮށްލާފައިކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކުލި ކޮންޓްރޯލު ކުރުމުން އެންމެބޮޑު ގެއްލުމެއްވާނީ މާލޭގެ އިމާރާތްތަކުގެ ވެރިފަރާތްތަކަަށް ކަމަށެވެ. އެއީ އެފަރާތްތަކުން އިމާރާތްކޮށްފައި އެވަނީ ބޮޑެތި ލޯނު ނަގައިގެން ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އުޅެމުންދާ މާލޭގެ ކުލި ކޮންޓްރޯލް ކުރުމުން މާލޭގެ އިމާރަތްތައް ބޮޑު ލޯން ނަގައިގެން ހަދާފައިވާ އޯނަރުންނަށް ގެއްލުން ވާނެކަން ފާހަގަކުރެއްވިއެވެ.

    "އޯޕެން މާކެޓް އިކޮނޮމީއެއް އޮންނަ ގައުމެއްގައި ކުލި ކޮންޓްރޯލް ކޮށްފައި ބޭއްވުމަކީ ރަގަަޅުކަމެއް ނޫންކަމަށް އިގްތިސާދީ މާހިރުންވެސް ގަބޫލު ނުކުރައްވާ." ހައިދަރު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން އެކަމުގެތެރެއަށް ވަދެ، ކުލި ކޮންޓްރޯލް ކުރަން ފަށައިފިނަމަ، ބޮޑެތި ލޯނުތައް ނަގައިގެން އިމާރާތްތައް ހަދާފައިވާ ފަރާތްތަކަށް އޭގެ ގެއްލުމާއި ކުރިމަތިކާން ޖެހޭނެކަން ތަކުރާރުކޮށް ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ސަރަހައްދުގައި ކުލީގެ އަގުބޮޑުވުމުގެ ޝަކުވާއަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ. އާންމުންގެ ޝަކުވާއެކެވެ. ހާއްސަކޮށް އަތޮޅުތަކުން ނުލިބޭ ސިއްހީ، ތައުލީމީ އަދި އެހެނިހެން ހިދުމަތް ހޯދުމަށް މާލެ އަންނަން ޖެހޭއިރު، ދުވަހުން ދުވަހަށް އަދި މަހުން މަހަށް ތަންތަނުގެ ކުލި ބޮޑުވުމަކީ ރައްޔިތުންނަށް އޮތް ބޮޑު ބުރައަކަށް ވަނީ ވެފައެވެ.

ކަންމިހެން އޮތްއިރު، ކޮންމެ ސަރުކާރަކުން ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ މެނިފެސްޓޯގެ އެންމެ އިސްކަންދޭ ކަންކަމުގެ ލިސްޓުން އެންމެކުރީގައި ބޮޑުއަކުރުން ފަވައިލލައެވެ.

އެކަމަކު ރައްޔިތުމީހާގެ ބޮލަށް ފިތައިލާ، އެންމެފަހުވަގުތު ލިސްޓުން އުނިކުރާ އެެއްކަމަކީ ވެސް އެއީއެވެ.


ކިޔުންތެރިންގެ ހިޔާލު