ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް

2 months ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑިސްއެބިލިޓީ ޑިޕާޓްމަންޓުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފިއެވެ.


އެގޮތުން އެ ޑިޕާޓްމެންޓުން ވަނީ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ވީހާވެސް ފުޅާ ގޮތެއްގައި މިކަން ކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއިއެކު ފަހުމުނާމާއެއްގެ ދަށުން ދަނީ މަސައްކަތް ކުރެވުމުންނެވެ.


މިގޮތުން މިއަހަރުގެ ތެރޭގައި ހިލްޓަން ރިސޯޓްސް އިން މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ސޮއިކުރެވި، އިންޓަރންޝިޕް ފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ފަހިކޮށްދެވިފައިއެވެ. 


ކިޔުންތެރިންގެ ހިޔާލު