ރާއްޖޭގެ ފުރަތަމަ އެން.އެފް.ސީ އިންޓަގްރޭޓަޑް ކަލަންޑަރު އުރީދޫ އިން

5 hours ago

އަފްރާހް

ރާއްޖޭގެ ފުރަތަމަ އެން.އެފް.ސީ އިންޓަގްރޭޓަޑް ކަލަންޑަރު އުރީދޫ އިން ނެރެފިއެވެ.


މި ކަލަންޑަރު ނެރެފައިވަނީ ޖަނަވަރީ 9 ވީ ބުރާސްފަތި ދުވަހުގެ ރޭ އުރީދޫ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރ ޢަލީ އިހްސާންއެވެ.


މިއީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓަރތައް ޓެކްނޮލޮޖީގެ ޒަރީއާއިން އާއްމުންނާއި ހަމައަށް ގެނެސްދޭ ކަލަންޑަރެކެވެ.


ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ. މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ.


މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރަކަށް ނުވާއިރު، މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓަރތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ.


ކޮންމެ ކެރެކްޓަރއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


އުރީދޫ އިން ވިދާޅުވީ ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އައު ކެރެކްޓަރއެއް އަންލޮކް ވެގެންދާނެ ކަމަށެވެ.


އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2025 ރަމްޒުކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ.


"ފޯކްލޯރގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓައެކްޓިވިޓީއާއި އެއްކޮށްލައިގެން، އަޅުގަނޑުމެންގެ މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެ ކަން މިއަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރު ވެގެންދާނެ."


މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.


އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން، އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އުރީދޫ އިން ވަނީ ދައުވަތު އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ކުޑަސޮރު

ރައްޔިތުންގެ ފައިސާގަ ހުރިހާ ކަމެއް ކޮށްފަ، ހުރިހާ މޮޅެއް އެވެރިންނަސް

2 hours ago