4 months ago
ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުބާލް އަޢްޒާމް އިބްރާޙީމް އައު ކޮށްފިއެވެ.
އޭނާ މި ރެކޯޑު އައުކުރީ އޮސްޓްރޭލިއާގެ މެލްބަން ގައި ކުރިއަށް ދިޔަ އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައެވެ. މި މުބާރާތުގައި މުބާލް މިރެކޯޑް އައުކޮށްފައިވަނީ 01:04.51 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ޢަލީީ އިމްޢާންއެވެ. އެއީީ، 2021 ވަނަ އަހަރު ބޭއްވި ފީނާ ސްވިމިންގ ވޯލްޑްކަޕްގެ 4 ވަނަ ލެގްގައި 01:04.93 އިން ރޭސް ފުރިހަމަކޮށްގެންނެވެ.