އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ހިދުމަތް ދިނުމަށް އެމްޕީއެލް އާއި އެސްޓީއޯ

2 months ago

އަފްރާހް

އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ޚިދުމަތް ގުޅިގެން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.


އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތާއެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯ އިން އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދޭނެއެވެ. އެމް.ޕީ.އެލްއިން ފޯރުކޮށްދެނީ ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތަކެވެ.


މި ފަހުމުނާމާގެ ދަށުން ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މީގެ އިތުރުން މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ.


އެމް.ޕީ.އެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިންގ އާއި މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.


ވަޖީހު ވިދާޅުވީ އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދަށް ފެނު ޚިދުމަތް ހޯދަން ފޯނުކުރަމުން އަންނަކަމަށެވެ. އަދި މިއީ އެއްވެސް ކަހަލަ މާކެޓިންގއެއް ނެތި ހިނގަމުން އަންނަކަމެއްކަން ފާހަގަކުރެއްވިއެވެ.


ވަޖީހު އިތުރަށް ވިދާޅުވީ އެހެންވީމާ އެ ސަރަހައްދުން ތެލާއި ފެނާއި ފޯރުކޮށްދެވުނީމައި ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު