ޖޫނިއަރ ކޮލެޖް ޕްރޮޖެކްޓާއި ގުޅޭގޮތުން މަޝްވަރާކޮށްފި

2 months ago

އަފްރާހް

ކެނދިކޮޅުދޫ ކައުންސިލުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ބައްދަލުކޮށްފިއެވެ.


މި ބައްދަލުވުމުގައި، ކެނދިކޮޅުދޫގެ ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް މިހާރު ކުރިއަށް ގެންދާ 'ޖޫނިއަރ ކޮލެޖް' ޕްރޮޖެކްޓާއި ޒުވާނުން ތަމްރީނުކުރުމަށް އެންމެ މުޙިއްމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.


މީގެއިތުރުން ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް ހަޔަރ އެޑިޔުކޭޝަނާއި ކެނދިކޮޅުދޫ ކައުންސިލް އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.


މި ބައްދަލުވުމުގައި މިނިސްޓްރީގެ ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސްޓޭޓް މިނިސްޓަރ، އަޙްމަދު ޝަފީއު، ޕްރޮޖެކްޓް މެނޭޖަރ، އަޙްމަދު ހިލާލް އަދި ޑައިރެކްޓަރ ޖެނެރަލް، ފާތިމަތު ޝިފްޒާ ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ. ކެނދިކޮޅުދޫ ކައުންސިލްގެ ފަރާތުން އެކައުންސިލްގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަކީ އަތޮޅުތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމާއި، ޒުވާނުން ގެ ހުނަރު ތަރައްގީކުރުމަށް އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އެތަށް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާ ވުޒާރާއެކެވެ.


ކިޔުންތެރިންގެ ހިޔާލު